މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލީ ކައުންސިލަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މ.މުލީ ކައުންސިލަށް 1.5 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޕިކަޕް ހޯދުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރު: (IUL)365-ESMS/2022/24 (19 އެޕްރީލް 2022) ގެ އިޢުލާން ބާތިލްކުރުމަށްފަހު ޕިކަޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

           ކައުންސިލްގެ ފަރާތުން މިރަށުގައި ކުރިއަށްގެންދާ ކުނިމެނޭޖްކުރުމުގެ މަސައްކަތަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ކުރިއަށް ގެންދާ މޯލްޑިވްސް ކްލީން ޕްރޮޖެކްޓާއި ގުޅިގެން ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެ ދަށުން މިކައުންސިލަށް 1.5 ޓަނުގެ "ޕަވަރ ގޭޓް ޕިކަޕެއް" ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

ބީލަމުގައި ރަޖިސްޓްރީ ވުމަށް -/500ރ (ފައްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ފައިސާ ބަލައިގަތުމާއި ބީލަމުގައި ރަޖިސްޓްރީވުން ކުރިއަށްދާނީ 2023 ޖަނަވަރީ 25 އިން 2023 ފެބްރުއަރީ 02 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް.

ބީލަމުގައި ރަޖިސްޓްރީވުމަށް، ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން، ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީވެ، ރަޖިސްޓްރޭޝަން ފީ ދައްކާ ފަރާތްތަކަށެވެ.

ބީލަން ހުށަހެޅުން / ހުޅުވުން

2023 ފެބްރުއަރީ 15 (ބުދަ) 13:00

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

 

           މި ބީލަމާ ބެހޭގޮތުން  އެއްވެސް ސުވާލެއް ވާނަމަ 2023 ފެބްރުއަރީ 9 ވަނަ ދުވަހުގެ ކުރިން [email protected]   އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

           އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "މ.މުލީ ކައުންސިލަށް 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެއް ހޯދުމަށް އެދި ހުށަހަޅާ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

ތިރީގައިމިވާ ޙާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

  • ·         ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް.
  • ·         ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް.
  • ·         މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް.
  • ·         މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް.
  • ·         މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު.

           ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ޖަނަވަރީ 2023
ހޯދާ