އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގައި ރިސެޕްސަން ކައުންޓަރ އެއް ހެދުމާއި ރިސެޕްސަން އޭރިޔާގައި ކުރަންހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގައި ރިސެޕްސަން ކައުންޓަރ އެއް ހެދުމާއި ރިސެޕްސަން އޭރިޔާގައި ކުރަންހުރި

މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގައި ރިސެޕްސަން ކައުންޓަރ އެއް ހެދުމާއި ރިސެޕްސަން އޭރިޔާގައި ކުރަންހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

25 ޖަނަވަރީ 2023 ވާ ބުދަ  ދުވަހުން ފެށިގެން 02 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ ރަސްމީ ދުވަސްތަކުގައި

( ނަންނޯޓް ކުރުމަށް ރަޖިސްޓްރޭސަން ފޯރމް ފުރުމަށްފަހު [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.)

މައުލޫމާތު ދިނުން

02 ފެބުރުވަރީ 2023  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30

އަންދާސީ ހިސާބު ހުށައެޅުއްވުން

09 ފެބުރުވަރީ 2023   ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00

25 ޖަނަވަރީ 2023
ހޯދާ