މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިއުރޭޑިއަންޓް އެކަޑަމީގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން

ނިއުރޭޑިއަންޓް އެކަޑަމީގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން

 

ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބުގެ ފަރާތުން ދިވެހި ފުޓުބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓުބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަޤްޞަދުގައި، އެކުލަބުގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓުބޯޅަ އެކަޑަމީ ހިންގުމަށް ކުރާ މަސައްކަތުގައި، މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި މިރަށުގައި ފުޓުބޯޅަ އެކަޑަމީއެއް ފެށުމަށް އެކުލަބުން ވަނީ ނިންމާފައެވެ. އެގޮތުން 16 އަހަރުންދަށް،14 އަހަރުންދަށް، 12 އަހަރުންދަށް، 9 އަހަރުންދަށް، އަދި 7 އަހަރުންދަށް، މިއުމުރު ފުރާތަކަށް އެކަޑަމީ ހިންގުމަށް ނިންމާފައެވެ. އަދި ބައިވެރިވާ ކޮންމެ ކުއްޖެއްގެ އަތުން މަހުފީގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ނެގުމަށްވަނީ ގަސްދު ކުރެވިފައެވެ. އަދި އެޕްލިކޭޝަން ފޯމާއިއެކު އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން، އެކަޑަމީ ޖާރޒީ ކިޓް ފީގެ ގޮތުގައި ނެގުމަށް ގަސްދުކޮށްފައިވާ ފީގެ އަދަދަކީ -/300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. މި ފީ އަކީ ޖާރޒީ، ސޯޓް، އަދި ސްޓާކީން ކުއްޖާއަށް ދިނުމަށްޓަކައި ނެގޭ ފީއެކެވެ.

ވީމާ، ނިއުރޭޑިއަންޓް އެކަޑަމީއަށް ވަނުމަށް ބޭނުންވާ، މަތީގައިވާ އުމުރު ފުރާގެ ދަރިވަރުން 25 ޖަނަވަރީ އިން 02 ފެބުރުވަރީ ނިޔަލަށް އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، ޖާރޒީކިޓް ފީ އާއި އެކު ތުލުސްދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް ތުލުސްދޫ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ރަޖަބު 1444

25 ޖަނަވަރީ 2023
ހޯދާ