އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 25 ޖަނަވަރީ 2023

ނަންބަރު: IUL)486-HR/1/2023/4)

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ވިކްޓިމް ސަޕޯޓް އެގްޒެކްޓިވް

ކްލެސިފިކޭޝަން އަދި ގްރޭޑް

 އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3

ރޭންކް

 އޯޓީޖޭ ޕީ11

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ވިކްޓިމް ސަޕޯޓް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުމާއި ދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.

2. ވިކްޓިމް ސަޕޯޓް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި، އެފަރާތްތަކުގެ މައްސަލަ ކުރިއަށްދާގޮތުގެ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން.

3. ވިކްޓިމް ސަޕޯޓް ޔުނިޓްގެ އިޖްރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެކިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.

4. ވިކްޓިމް ސަޕޯޓް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ގުޅިގެން އެހެނިހެން މުއައްސަސާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން.

5. ވިކްޓިމް ސަޕޯޓް ޔުނިޓްގެ މަސައްކަތާ ގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މުއައްސަސާތަކަށް ރިފަރކޮށް، ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވައި، އެބައްދަލުވުންތަކުގެ ރެކޯޑިންގ ބެލެހެއްޓުން.

6. ވިކްޓިމް ސަޕޯޓް ޔުނިޓަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގުން.

7. ވިކްޓިމް ސަޕޯޓް ޔުނިޓްގެ މަސައްކަތް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން.

8. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ  އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ، ނިޒާމީ ސިފައެއްގައި  ރާވައިގެން ހިންގާފައިވާ  އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު  ޢަމަލުތަކާއި،  ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީ ފޯރުކޮށް ދިނުން.

9. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި  ރާވައިގެން ހިންގާފައިވާ  އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު  ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާލިބިފައިވާ ފަރާތްތަކަށާއި އެފަރާތްތަކަށް އަނިޔާވި ފަރާތްތަކަށް  މުޖުތަމަޢުގައި އިޙްތިރާމާއެކު އެއްބައިވަންތަކަމުގައި އުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ފަރުވާއާއި އެހީތެރިކަން ފޯރުކޮށް ދިނުން

10. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ސޯޝިއޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ސައިކޮލޮޖީ އަދި ވިކްޓިމޮލޮޖީ

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން (ރިފަރެންސް ލެޓަރ).

ސުންގަޑި:

   2 ފެބްރުއަރީ 2023 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039907  ނަންބަރއަށެވެ.

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   3 ރަޖަބް 1444

                                    25 ޖަނަވަރީ 2023

25 ޖަނަވަރީ 2023
ހޯދާ