ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ގއ.ވިލިނގިލި)

މި ކޯޕަރޭޝަންގެ ގއ.ވިލިނގިލި ސައިޓުގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

މޭސަން

ބޭނުންވާ ޢަދަދު:

02 (ދޭއް) 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

މަހަކު 4500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1800.00- ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގއ.ވިލިނގިލި ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

- ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

- ރާނައި ސިމެންތި ޖެހުން.

- ޕްރޮޖެކްޓްގެ ޝެޑިއުލް އާއި އެއްގޮތްވާގޮތުގެ މަތިން ސިމެންތީގެ އެންމެހާ މަސައްކަތް ކުރުން.

- ޕްރޮޖެކެޓްގެ ސުޕަވައިޒަރު އަންގާ ޕްރޮޖެކްޓްގެ އެހެނިހެން މަސައްކަތް ކުރުން.

މަޤާމް:

އެސިސްޓެންޓް ވެލްޑާރ

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

މަހަކު 4500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-  ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 1800.00- ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގއ.ވިލިނގިލި ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅޭ ދާއިރާއަކުން ލެވެލް 04 ގެ ސަނަދެއް ޙާސިލުކޮށްފައި އޮތުން.  ނުވަތަ

- މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 4-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސައިޓުގެ މަސައްކަތަށް ބޭނުންވާ ވެލްޑިންގ އަދި މެކޭނިކަލްގެ އެންމެހާ މަސައްކަތްތައް އިސްވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

- ވެލްޑިންގ މަސައްކަތަށް ބޭނުންކުރާ އިކުއިޕްމެންޓްތަކާއި މެޝިނަރީޒްތައް ސާވިސްކޮށް، މަރާމާތުކޮށް ބެލެހެއްޓުން.

މަޤާމް:

 އެސިސްޓެންޓް ކާޕެންޓަރ

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

 މަހަކު 4500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -1800/ރ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ގއ.ވިލިނގިލި ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 02 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

މަސައްކަތާއި ގުޅޭ ދާއިރާއަކުން 2-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޭބަލް ޖަންކްޝަންތަކުގެ މޯލްޑް ހެދުން.

- ކޮންކްރީޓް ކީ ތައްޔާރުކުރުން.

- ކާސްޓިންގ ޔާޑު ހެދުމުގެ މަސައްކަތް ކުރުން.

- ސައިޓު ސެޓަޕް ހެދުމުގައި އެހީތެރިވުން.

- ސައިޓުގައި ކުރެވޭ މެއިންޓެނެންސް މަސައްކަތްތަކުގައި ބައިވެރިވުން.

ކާޕެންޓްރީގެ މަސައްކަތުގެ ތާވަލު އެކުލަވައިލުމާއެކު އެއާއި އެއްގޮތަށް މަސައްކަތްކުރުން.

މަޤާމް:

 ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

 15 (ފަނަރަ)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސަޕޯޓް ސްޓާފް - ގްރޭޑް 5

އަސާސީ މުސާރަ:

 މަހަކު 3500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

-  އެހެނިހެން އެލަވަންސް : 4500.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ގއ.ވިލިނގިލި ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

ޞިއްޙަތު ރަނގަޅު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން.

-  މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން.

ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.

-  މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

ޕްރޮޖެކްޓް ސުޕަވައިޒަރު ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 31 ޖަނަވަރީ 2023 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 02 ރަޖަބު 1444 

24 ޖަނަވަރީ 2023
ހޯދާ