ދިވެހިރާއްޖެ
އިޢުލާން
ގއ. ކޮލަމާފުށީ ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ 4 ފަޅުރަށް ވަރުވާ އަށް ދޫކުރުމާއި ގުޅޭ
ގއ. ކޮލަމާފުށީ ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ތިރީގައި މިދަންނަވާ ފަޅުރަށްތައް ވަރުވާ އަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.
- ގއ.ބަބަރާހުއްޓާ (0.33 ހެކްޓަރ)
- ގއ.ކޮނޑެގިހުއްޓާ (1.37 ހެކްޓަރ)
- ގއ.މާގިހުއްޓާ (3.13 ހެކްޓަރ)
- ގއ.ކަޅަހުއްޓާ (0.78 ހެކްޓަރ)
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
30 ޖަނަވަރީ 2023 |
ހޯމަ ދުވަހު 11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
05 ފެބުރުއަރީ 2023 |
އާދީއްތަ ދުވަހު 13:00 |
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. ފަޅުރަށްތައް ވަރުވާއަށް ދޫކުރެވޭނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރޝިޕަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ނުވަތަ ޤާނޫނު ނަންބަރު 2010/7(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކުރެވޭ ސިޓީ ކައުންސިލަކަށް، ނުވަތަ އަތޮޅު ކައުންސިލަކަށް، ނުވަތަ ރަށު ކައުންސިލަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ރަޖަބަ 1444
24 ޖަނަވަރީ 2023