އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

  މުވައްޒަފުން ބޭނުންވެއްޖެ

 މަޤާމު

އެސިސްޓެންޓް ލައިބްރޭރިއަން

 ބޭނުންވާ އަދަދު

1

 ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކު

ޖީ.އެސް 3 (ޖެނެރަލް ސަރވިސް 3)

 މަޤާމުގެ ގިންތި

ދާއިމީ

 ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ ސެކްޝަން/ތަން

އދ. އަތޮޅު ތަޢުލީމީ މަރުކަޒު

ޔުނިޓް

އެކަޑަމިކް ސެކްޝަން

 މުސާރަ

-/4465 ރުފިޔާ

 ސަރވިސް އެލަވަންސް

-/1500 ރުފިޔާ

 ފެންވަރު ނުވަތަ ޝަރުޠު

 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ސާނަވީ އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

 ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ސްކޫލުގެ ލައިބްރަރީއަށް ލިބޭ ފޮތްތަކުގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުން.
  2. ސްކޫލުގެ ލައިބްރަރީ ފޮތްތައް ދަރިވަރުންނަށް ދޫކުރުމާއި އަނބުރާ ހޯދުން.
  3. ލައިބްރަރީ ފޮތްތައް، ފޮތް ހަރުގަނޑުތަކުގައި ކެޓަގަރައިޒްކޮށް އެތުރުން.
  4. ޓީޗަރުންނަށް ބޭނުންވާ ރިސޯސްފޮތްތަކާއި އެހެނިހެން ފޮތްތައް ޓީޗަރުންނަށް ދޫކުރުމާއި، އެ ފޮތްތައް އަނބުރާ ހޯދުން.
  5. ލައިބްރަރީ ފޮތްތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، ހަލާކުވާ ފޮތްތަކުގެ ތެރެއިން މަރާމާތުކުރެވޭ ފޮތްތައް މަރާމާތުކުރުން.
  6. ލައިބްރަރީގެ ކޮމްޕިއުޓަރ ސޮފްޓްވެއަރ އަޕްގްރޭޑުކޮށް ބަލަހައްޓައި، ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ސްކޫލުގެ ވެރިޔާގެ އިރުޝާދުގެ ދަށުން ހޯދުން.
  7. ލައިބްރަރީ ގަވާއިދު ހަދައި، ލައިބްރަރީގެ މާޙައުލު އުނގެނުމަށް ފަހިވާގޮތަށް ތައްޔާރުކޮށް ބެލެހެއްޓުން.
  8. ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުން.
  9. ސްކޫލުގެ މަޤުޞަދު ހާސިލުކުރުމަށް ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން www.csc.gov.mv)) ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ. (ގުޅޭނެ ނަންބަރަކާއެކު)
  6. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުމެއް.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ

 ކަންތައްތައް

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއާއި ހުނަރު.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއް ކަމުގައިވުން.
  3. އިންޓަރވިއުއަށް ލިބޭ މާކްސް.
  4. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފު މިހާރު ވަޒީފާ އަދާކުރާ މުއައްސަސާއަކުން އެ މުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ދޫކުރާ "މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް" ހުށަހަޅާ މުވައްޒަފުންނަށް، ވަޒީފާއަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.

 އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ، 6680024 އެވެ.

 ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ޑިސެންބަރު 14 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ 1:30 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

 އިންޓަރވިއު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނީ، 2014 ޑިސެންބަރު 15 އާއި 20 އާ ދެމެދުގެ ތާރީޚެއްގައި، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.  

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ހަވާލުކުރެވޭނެއެވެ.

04 ޑިސެންބަރު 2014
ހޯދާ