ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެންޔުނިޓްގެ ކްލާސްތަކަށް 2015 ވަނަ އަހަރަށް ކުދިން ވެއްދުމަށް

މި ސްކޫލުގައި ހިންގަމުންދާ ސެންޔުނިޓުގެ ކްލާސްތަކަށް 2015 ވަނަ އަހަރަށް ކުދިން ވެއްދުމަށްޓަކައި ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މިކްލާސްތަކަށް ވެއްދޭނެ އުމުރުފުރާއާއި ކޮންމެ ކްލާހެއްގައި ހުރި ޖާގައިގެ ތަފުސީލު ތިރީގައި މިވަނީއެވެ.  

#

ކްލާސް

އުމުރުފުރާ

ހުސްވެފައިވާ ޖާގައިގެ އަދަދު

ތަފުސީލު

1

އާރލީ އިންޓަވެންޝަން

4 އަހަރާއި 6 އަހަރާ ދެމެދު

7

އޯޓިޒަމް ނުވަތަ ޑައުން ސިންޑްރޯމަށް ޑައިގްނޯސް ކުރެވިފައިވާ ދަރިވަރުން.

2

ސްޓެޕް - 3

13 އަހަރާއި 15 އަހަރާ ދެމެދު

2

އޯޓިޒަމަށް ޑައިގްނޯސް ކުރެވިފައިވާ ދަރިވަރުން.

3

ސެން - 3

13 އަހަރާއި 15 އަހަރާ ދެމެދު

2

 

4

ސެން - 4

16 އަހަރާއި 18 އަހަރާ ދެމެދު

2

 

  ހުށަހަޅަންޖެހޭ ތަކެތި:

  • ދަރިވަރު ޑައިގްނޯސްކުރެވިފައިވާ ކަމުގެ ސައިކޮލޮޖިޓެއްގެ ރަސްމީލިޔުން.
  • ދަރިވަރުގެ މެޑިކަލް ރެކޯޑުތަކުގެ ކޮޕީ
  • އުފަންދުވަހުގެ ސެޓުފިކެޓު ނުވަތަ އައި.ޑީ.ކާޑުގެ ކޮޕީ.
  • ގްރޯތު ކާޑު / ވެކްސިންކާޑުގެ ކޮޕީ.
  • ނޯޓް: ސިޓީ ހުށަހަޅާ ދަރިވަރުން ވެއިޓްލިސްޓް ކުރެވި ސްކޫލުގެ ކިޔެވުން ފެށުމުން ކްލާސްރޫމް އޮބްޒަވޭޝަނަށް ގެނެވޭނެއެވެ. ޖާގަ ހަމަޖެހޭނެކަން ޔަގީންވާނީ މި އޮބްޒަވޭޝަނަށް ފަހުގައެވެ.

ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ބެލެނިވެރިން 09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ސްކޫލުގެ އޮފީހަށް 16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މި ސްކޫލުގެ ފޯނު ނަންބަރު: 3315759 އާ ގުޅުއްވުން އެދެމެވެ.

04 ޑިސެންބަރު 2014

04 ޑިސެންބަރު 2014
ހޯދާ