ދިވެހިރާއްޖެ
ނަންބަރ: (IUL)258/258/2023/14
އިޢުލާން
ހދ. ހަނިމާދޫގައި ފުޓުބޯޅަ އެކަޑަމީ ހިންގުމާއި ބެހޭ.
ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމަށް، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަޤުސަދުގައި، މި ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް ފަށާ ރައްތަކުގެ ތެރޭގައި ހދ. ހަނިމާދޫ ހިމެނެއެވެ. ހަނިމާދޫގައި ފުޓްބޯޅަ އެކަޑަމީ ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ 2023 ވަނަ އަހަރުގެ މާރޗް މަހު ތެރޭގައެވެ. މި އެކަޑަމީގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ 7 އަހަރުން ދަށް،9 އަހަރުން ދަށް ،12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ފިރިހެން ކުދިންނަށެވެ. " ނިއުރޭޑިއެންޓް އެކަޑަމީ " ގައި ބައިވެރިވާ ކުދިންގެ އަތުން ނެގުމަށް ހަމަ ޖެހިފައިވާ ފީ އަކީ 300 ރުފިޔާއެވެ. އަދި އެޕްލިކޭޝަން ފޯމްއާއެކު، އަލަށް ވަންނަ ކޮންމެ ކުއްޖަކު އަތުން، އެކަޑަމީ ފީއެއްގެ ގޮތުގައި 300 ރުފިޔާ ނަގާނެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 ފެބްރުއަރީ 9 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލަމެވެ. އަދި ރެޖިސްޓްރީ ވާން އެދޭ އެޕްލިކޭޝަން ފޯމް ހދ. ހަނިމާދޫ ކައުންސިލް އިދާރާއިން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެއެވެ. އަދި " ނިއުރޭޑިންއެންޓް އެކަޑަމީ " އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3327956 ނިއުރޭޑިއެންޓް ނަންބަރާއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ރަޖަބު 1444
23 ޖަނަވަރީ 2023
