ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
ދިގުރަށު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށްކުރެވޭ ޢިއުލާން

އިއުލާން

     އިޢުލާން ނަންބަރ: GS160/2023/013

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

           މި ސްކޫލުގެ ސެކިއުރިޓީ 01 ޖަނަވަރީ 2023 ން 31 ޑިސެމްބަރު 2023 ށް (01 އަހަރު) ބަލައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މި ސްކޫލުން 22 ޑިސެމްބަރ 2022 ގައި GS160/2022/211 ނަންބަރ އިން ކުރި ޢިއުލާންއަށް ހުށައަޅުއްވާފައިވާ ބިޑްތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ ޢިއުލާން ބާތިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެހެންކަމުން މި ސްކޫލްގެGS160/2022/211  ނަންބަރ ޢިއުލާނުގައިވެސް ވާފަދައިން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ތިންވަނަ ފުރުސަތު ހުޅުވާލަމެވެ.

 

  1. މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 މާޗް 2023 އިން 31 ޑިސެމްބަރ 2023 އަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 ޖެނުއަރީ 2023 އިން ފެށިގެން 26 ޖެނުއަރީ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި  މިސްކޫލްގައެވެ.
  6. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 01 ފެބްރުއަރީ 2023ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  7. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށައެޅުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

..............

ދިގުރަށު ސްކޫލް

ފޯން: 6680841

އީ-މެއިލް: [email protected]

 

02 ރަޖަބު 1444

24 ޖެނުއަރީ 2023

 

24 ޖަނަވަރީ 2023
ހޯދާ