ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/659/12/2014 |
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:
މިކޯޕަރޭޝަނުން މިހިނގާ ޑިސެންބަރުމަހުގެ 20،19،18ގައި މާލޭ ސަލްޓަންޕާކްގައި ބާއްވާ ޘަޤާފީ ޢީދުޝޯވް ކުރިއަށްދާއިރު މިއިވެންޓްތަކަށް ތިރީގައި މިދަންނަވާ ގަޑިތަކަށް އަމިއްލަ ތަކެތީގައި ސައި، ކެއުން، ތައްޔާރުކޮށް، ކޭޓްރިންކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.
18 ޑިސެންބަރު 2014 ވަނަދުވަހުގެ ހަވީރުސައި 300 މީހުންނަށް 17:30 އަށް ( ސަލްޓަންޕާކަށް )
19 ޑިސެންބަރު 2014 ވަނަދުވަހުގެ ހަވީރުސައި 300 މީހުންނަށް 17:30 އަށް ( '' )
19 ޑިސެންބަރު 2014 ވަނަދުވަހުގެ ރޭގަނޑުގެ ކެއުން 300 މީހުންނަށް 22:30 އަށް ( '' )
20 ޑިސެންބަރު 2014 ވަނަދުވަހުގެ ހަވީރުސައި 300 މީހުންނަށް 17:30 އަށް ( '' )
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޑިސެންބަރު 2014 ބުރާސްފަތި ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޑިސެންބަރު 2014 ހޯމަދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.
12 ޞަފަރު 1436