ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ޡަރޫރީ ބޭނުމަށް ވެލިނެގުމާ ބެހޭ

ދިވެހިރާއްޖޭގެ ރަށްރަށާއި،  ފަޅުފަޅުގެ ސަރަޙައްދު ހިއްކުމާއި،  ފުންކުރުމުގެ ގަވައިދު (ގަވައިދު ނަންބަރު (2013/R-15 ގައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މިންތަކަށް  ފެތޭނޭހެން ވެލިނެގޭނެ  ސަރަޙައްދުތައް ކަނޑައެޅުމަށް މިކައުންސިލުން ނިންމާފައިވާ ސަރަޙައްދުތަކާއި ވެލި ނުނެގޭނެ ސަރަޙައްދުތައް ތިރީގައި އެވަނީއެވެ. 

*ވެލި ނުނެގޭނޭ ސަރަޙައްދުތައް

1- ހިކިފަސް ހިމެނޭ ސަރަޙައްދުތަކާއި، ފިނޮޅުފަދަތަންތަން

2- ރަށުގެ ޝޯލައިނާއި، 100މީޓަރު ކައިރިން

3- ފަރުގެ ބޭރު ކައިރިން ފެށިގެން ރަށުގެ ފަޅުތެރެއިން 100 މީޓަރު ކައިރިން

4- ފަޅުގެ ނުވަތަ ފަރުބޭރު ތޮށިންފެށިގެން (އެތެރެވަރިން) 500މީޓަރު ކައިރިން

5- ފަރުގައި މޫދުވިނަ ނުހިމެނޭ ސަރަޙައްދުތައް

*ވެލިނެގުން ހުއްދަވާ ސަރަޙައްދުތައް:

1-ހިކިފަސް ހިމެނޭ ސަރަޙައްދުތަކާއި ފިނޮޅުފަދަ ތަންތަނުގެ 50މީޓަރު ދުރުން

2- ހުޅުދެލީފަޅުގެ "ފުން" ނެރާއި "ބަޑި" ނެރާއި ދެމެދުންވިލާ ކައިރިން

 ވީމާ،  މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ. 

24 ޖަނަވަރީ 2023
ހޯދާ