ދިވެހިރާއްޖެ
ހއ، ދިއްދޫ ކައުންސިލްގައި ބޭނުންކުރާ ޑަންޕް ލޮރީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން (ތިންވަނަ ފަހަރު)
މި އިދާރާގައި ބޭނުންކުރާ ޑަންޕް ލޮރީ ޑައިގްނޯސްކޮށް ލޮރީގައި ހުރި މައްސަލަތައް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
23 ޖެނުއަރީ 2023 އިން 02 ފެބްރުވަރީ 2023 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މަޢުލޫމާތު ދިނުމަށް ވަކި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ. ލޮރީ ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ އިދާރާ އާއި ގުޅުއްވުމުން އެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
15 ފެބްރުވަރީ 2023 ވާ ބުދަ ދުވަހުގެ 13:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. |
މި ޕްރޮޖެކްޓާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯނާ އެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.