ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.
މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މަޤާމު: |
އެސޯސިއޭޓް ކައުންސެލް |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ގިންތި: |
ދާއިމީ |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
އަސާސީ މުސާރަ: |
-/10,500 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/2,500 ރުފިޔާ - ނޮންޕްރެކްޓިސް އެލަވަންސް: -/4,725 ރުފިޔާ - ފޯނު އެލަވަންސް: -/250 ރުފިޔާ މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން. |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ޤާނޫނު ނަންބަރު 2019/5 (ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤާނޫނީ ލަފަޔާ އެހީތެރިކަން ދިނުން؛ - ގަވާއިދު ނަންބަރު: 2020/R-47ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހާ މަސައްކަތް ބެލެހެއްޓުން؛ - ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލު ތަމްސީލްކުރުން؛ - ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައެޡިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛ |
މަޤާމު: |
ޕްރޮގްރާމް ސެކްރެޓަރީ |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
މަޤާމުގެ ގިންތި: |
ދާއިމީ |
އަސާސީ މުސާރަ: |
-/6،000 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/4،500 ރުފިޔާ - ފޯނު އެލަވަންސް: -/250 ރުފިޔާ މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ބާ ކައުންސިލްގެ ދާއިމީ ސަބްކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން؛ - ބާ ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލްގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން ބާ ކައުންސިލުން އިންތިޒާމުކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތައް ރާވައި ހިންގާ ބެލެހެއްޓުން؛ - އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛ - މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލު ތަމްޘީލުކުރުން؛އަދި - އޮފީހުގެ މަސައްކަތާގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމު: |
ޕްރޮކިއުމަންޓް އޮފިސަރ |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
މަޤާމުގެ ގިންތި: |
ދާއިމީ |
އަސާސީ މުސާރަ: |
-/5،610 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/4،500 ރުފިޔާ - ފޯނު އެލަވަންސް: -/250 ރުފިޔާ - މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން ނުވަތަ: - ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން މިއިން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ރާއްޖެއާއި ރާއްޖޭން ބޭރުން އޮފީހަށް ގަންނަން ޖެހޭ ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ގަތުމުގެ މަސައްކަތް ކުރުން - އޮފީހަށް މަދުވާ/ގަންނަން އެދޭ ތަކެތި ގަތުމަށް ރިކުއެސްޓް ލިބުމުން/ ހޯދާ ޕްރޮސެސްކުރުން - އިޢުލާންކޮށްގެން ކުރުވަން ޖެހޭ މަސައްކަތްތަކާއި ހޯދަން ޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުން - މަޢުލޫމާތު ދިނުމަށް ތައްޔާރުކުރަން ޖެހޭ ލިޔުންތައް ހަމަކޮށް އިޢުލާނުގައިވާ ގަޑިއަށް މަޢުލޫމާތި ދިނުން - ބިޑްތައް އިވަލުއޭޓްކުރުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ލިޔުންތައް ހަމަކޮށް އިޢުލާނުގައިވާ ގަޑިއަށް މައުލޫމާތު ދިނުން - ބިޑްތައް އިވަލުއޭޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ބިޑްކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ކުރުން. - އަހަރީ ޕްރޮކިއުމެންޓް ޕްލޭން އެކުލަވާލާ ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ކުރުން |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ. |
އިތުރު މަޢޫލާމާތު |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ. |