މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އީ.އައި.އޭ ރިޕޯޓް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރުދެއް ހޯދުން

އިއުލާން

އީ.އައި.އޭ ރިޕޯޓް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރުދެއް ހޯދުން

މި މިނިސްޓްރީން 2022 ޑިސެންބަރ 15 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)475-Admin/475/2022/219 އިއުލާންގެ ދަށުން މިހާރު އަންދާސީހިސާބު ހުށަހަޅާފައިވާ އެއްވެސް ފަރާތެއް ޝަރުތު ހަމަނުވާތީ އެ އިއުލާން ބާތިލްކޮށް، ނ. ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި، އެމަސައްކަތް ކުރުމުން ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް (އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް)، އެންވަޔަރަންމަންޓަލް ޕޮރޮޓެކްޝަން އޭޖެންސީން ގަބޫލުކުރާ މިންގަނޑަށް ތައްޔާރުކޮށްދޭނެ "ފަރުދެއް" ހޯދަން އަލުން އިއުލާން ކުރީމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރުދުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2023 ޖަނަވަރީ 29 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖަނަވަރީ 31 ގެ 12:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ.

23 ޖަނަވަރީ 2023
ހޯދާ