ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްއީމާން މިސްކިތުގައި އިމާމްވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ
1444 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށުމަސްޖިދުލްއީމާން މިސްކިތުގައިއިމާމްވެ ޙިފްޡްކޮށްތަރާވީޙް ނަމާދު ކޮށްދޭނެ ހާފިޒެއް ޕާކިސްތާނުން ގެނައުމަށް ބޭނުންވާތީވެ މިކަމުގައި މިކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން 1 ފެބްރުއަރީ 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން 6760045 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މެއިލް ކުރަށްވާނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
23 ޖަނަވަރީ 2023
ހޯދާ