މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން 2023

ނަންބަރ: (IUL)GS-23/PRIV/2023/01

 

އިޢުލާން

 

މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން

 

            2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކޮންޓްރެކްޓް އުޞޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް 25 ޑިސެމްބަރ 2022 ގައި މި ސްކޫލުން ކުރި އިޢުލާން (IUL)GS23/PRIV/2022/44 އާއި ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުން ހުށަހެޅުއްވި އަގު ބޮޑުކަމަށް ބިޑްކޮމެޓީން ނިންމެވުމާއި ގުޅިގެން ކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނުނު ނަމްބަރ 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ފެބުރުވަރީ 06 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަންދާސީ ހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

                            01 ރަޖަބު 1444 

                            23 ޖެނުއަރީ  2023

 

                                                                  އަޙްމަދު ނާހިދު

                                                                  ޕްރިންސިޕަލް 

23 ޖަނަވަރީ 2023
ހޯދާ