ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/07 |
ތާރީޚް |
01 ރަޖަބް 1444 |
|
23 ޖެނުއަރީި 2023 |
މަސައްކަތް
މިރަށު އާސާރީ މިސްކިތު ސަރަހައްދުގައި މީހުންވަޅުލާފައިވާ ގަބުރުސްތާން ސާފުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 އަށް ބޭނުންވާ ލިޔެކިޔުންތަކާއެކު މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަދި ދަންނަވަމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ް ކުރަންޖެހޭ މަސައްކަތްތައް:
- ސަހަރާގެ އިރުމަތީ ފަރާތު ފާރުން ފެށިގެން 10 ފޫޓު ފުޅާމިން ހުންނަވަރަށް ބިމާހަޔަށް ސާފުކުރުން
- ސަހަރާގެ އެތެރެ އެއްކޮށް ވިނަނޮޅާ ރީތިކޮށް ބިމާހަޔަށް ސާފުކުރުން ( މަހާނަތަކަށް ގެއްލުންނުވާގޮތަށް )
- ސަހަރާގެ އެެތެރޭގައި ތިބި ބޭކާރު ހުރިހާ ގާތަކެއްނަގާ އުކާލުން
- ސާފުކުރާ ކުނިތަކާއި ގާތައް ކައުންސިލުން ދައްކާ ތަނަކަށްް އުކުން
މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންކަން:
- މީގެކުރިން މިފަދަ މަސައްކަތްތައް ރަގަޅު ފެންވަރެއްގައި ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުން.
- މަސައްކަތް އަވަހަށް ނިންމާނެ ފަރާތްތަކަށް ފުރުސަތު ދިނުން
ހުށަހަޅަންޖެހޭ ތަކެތި:
- މަސައްކަތަށް ބޭނުންވާ އަންދާސީ ހިސާބް
- ކުންފުނި / ފަރުދުންގެ ވިޔަފާރީގެ މުއްދަތު ހަމަނުވާ ކޮޕީ
- ވެރިފަރާތުގެ މުއްދަތު ހަމަނުވާ އަޑީކާޑް ކޮޕީ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި މިއިދާރާގެ ފޯނުނަންބަރ:6840005 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް