ދިވެހިރާއްޖެ
އިޢުލާން |
|||||
ނަންބަރު: IUL)475-Schol/475/2023/11) |
ތާރީޚް: 23 ޖަނަވަރީ 2023 |
||||
Marine Science and Technology Scholarships at Curtin University, Mauritius 2023 |
|||||
4 ފުރުޞަތު |
ކޯހުގެ ފުރުޞަތު : |
މެރިން ބައޯއެކައުސްޓިކްސް |
ކޯހުގެ ދާއިރާ: |
||
މޮރީޝަސް |
ޤައުމު |
ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް: |
||
ޕީ.އެޗް.ޑީ 1. ހުށަހަޅުއްވާ ކޯހަކާއި ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީ ޙާސިލް ކޮށްފައިވުން. 2. ހުށަހަޅުއްވާ ޔުނިވަރސީޓީން ކޯހާއިގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން 3. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި ޙާސިލް ކޮށްފައިވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން
2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން |
ކޯހުގެ ޝަރުތު: |
||||
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި: 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް) 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާޕޭޖް ކޮޕީ. 5. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ލެޓާރ. 6. ވަނަވަރު. 7. ރިސާޗް ސްކިލް އެންޑް އެކްސްޕީރިއެންސް ސަމަރީ. 8. މޯޓިވޭޝަން ލެޓާރ. 9. ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 10. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް. 11. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 12. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި:
|
||||
*މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ ވަނީ ހިލޭހަމަޖެހިފައެވެ. އަދި ސްޓައިޕެންޑެއްގެ ގޮތުގައި ކޮންމެ އަހަރަކު 9,000 EUR ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރެޖިސްޓްރޭޝަންފީ، ޓިކެޓު ،ވިސާ ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލަ އަށެވެ. * މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، ކާރޓިން ޔުނިވަރސިޓީގެ އީމެއިލްއަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވެއްޖެނަމަ ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި އެނެކްސް 1 އިން ލިބޭނެއެވެ.
|
އިތުރު މަޢުލޫމާތު: |
||||
ސުންގަޑި: 29 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހު 13:30 ގެ ކުރިން |
|||||
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026947 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |