ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި އިދާރާގެ ސާރވޭކުރުމުގެ މަސައްކަތަށް ބޭނުންވާ ޓޯޓަލް ސްޓޭޝަން ގަންނަން ބޭނުންވެގެންކުރި ނަންބަރު: 195/EC/IUL/2014-ފ426 (04 ނޮވެންބަރު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި އިދާރާއަށް ޓޯޓަލް ސްޓޭޝަން ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެންބަރު 2014 (ހޯމަ) ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ އަގު އަދި ޖީއެސްޓީ ވަކިން އެނގޭގޮތަށް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
12 ޞަފަރު 1436