ދިވެހިރާއްޖެ
ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ގދ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން ( ތިންވަނަ އިއުލާން )
(IUL)GS-30/GS-30/2023/02
ގދ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާންއަށް ކުރިމަތި ފަރާތުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިއުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރީމެވެ.
2023 ފެބްރުވަރީ 01 ން 2023 ޑިސެމްބަރ 31 އަށް، ކޮންޓްރެކްޓް އުޞޫލުން މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2023 ޖަނަވަރީ 23 އިން 26 އަށް ، ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 14.00މި މަދަރުސާއަށް ގުޅައިގެން ނުވަތަ މި މަދަރުސާގެ އީމެއިލްއަށް [email protected] މަޢުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.
1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :
2- ކުންފުނި /ފަރާތް ރަޖިސްޓްރީ ނަންބަރ:
3- އީމެއިލް އެޑްރެސް:
4- ގުޅޭނެ މޯބައިލް ނަންބަރު:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 29 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މަދަރުސާގެ އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 02 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ގދ.އަތޮޅު މަދަރުސާ ގެ އިދާރާގައެވެ.
- ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް މި މަދަރުސާގެ އިދާރާއިން ބީލަން ފޮތް އީމެއިލުގެ ޒަރީޢާއިން ފޮނުވައިދޭނެއެވެ.
- ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަންހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.
- އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ.އަތޮޅު މަދަރުސާ
ގައްދޫ ، ދިވެހިރާއްޖެ.
ފޯން: 7983083
އީމެއިލް: [email protected]
23 ޖަނަވަރީ 2023