ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފައިލް ބަހައްޓާ ހަރުގަނޑެއް ޖަހައިދޭނެ ފަރާތެއް ހޯދަން

މިކޯޓަށް 8x10 ފޫޓުގެ ފައިލް ބަހައްޓާ ހަރުގަނޑެއް ޖަހައިދޭނެ ފަރާތެއް ހޯދަންކުރި މިކޯޓުގެ ނަންބަރު: L6MC-D/2014/16ފ(12 ނޮވެންބަރު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ޑިސެންބަރު 10 ވާ ބުދަ ދުވަހުގެ 10:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ޑިސެންބަރު 16 ވާ އަންގާރަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

02 ޑިސެންބަރު 2014
ހޯދާ