ދިވެހިރާއްޖެ
ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވިފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ޓަކްޝޮޕް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރ (IUL)266-PR/266/2022/79 (29 މެއި 2022) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: |
|
ލިންކް: https://forms.office.com/r/BxSafr6u5z
|
ތަފްސީލް |
ތާރީޚް |
ގަޑި |
މައުލޫމާތު ސެޝަން |
25 ޖަނަވަރީ 2023 (ބުދަ) |
10:15 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
02 ފެބްރުއަރީ 2023 (ބުރާސްފަތި) |
10:15 |
އަންދާސީ ހިސާބު ހުށަހެޅުން |
05 ފެބްރުއަރީ 2023 (އާދީއްތަ) |
10:15 |
ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމުގައި |
||
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527166 އަށެވެ. |
މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv އިން 22 ޖަނަވަރީ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.