ދިވެހިރާއްޖެ
އިނގުރައިދޫ އިނގުރައިދޫ ޞިއްޙީމަރުކަޒު
ރ.އިނގުރައިދޫ، ދިވެހިރާއްޖެ
އިޢުލާން
ރ. އިނގުރައިދޫ ޞިއްޙީމަރުކަޒު ހިންގާނެ އިމާރާތެއް 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމާއިގުޅޭ
މިމަރުކަޒުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 2 އަހަރު ދުވަހުގެ މުއްދަތަށް، 5 ކޮޓަރިއަށްވުރެ މަދުނޫން އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، އިމާރާތެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ބީލަން ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް/ރަޖިސްޓްރީ ކުރެއްވުން |
23 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 31 ޖެނުއަރީ 2023 ގެ ނިޔަލަށް އީމެއިލް: [email protected] ފޯނު ނަމްބަރ: 6580395 |
މަޢުލޫމާތު ސާފްކުރެއްވުން |
01 ފެބުރުއަރީ 2023 ވާ ބުދަދުވަހުގެ މެންދުރު 01:00 ގައެވެ. އީމެއިލް: [email protected] ފޯނު ނަމްބަރ: 6580395 |
ބީލަން ހުށައެޅުއްވުން |
09 ފެބުރުއަރީ 2023 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 01:00ގައި ރ.އިނގުރައިދޫ ޞިއްޙީމަރުކަޒަށެވެ. |
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ސީޓް، ރެޖިސްޓްރޭޝަން ފޯމް އަދި ބީލަން ހުށައަޅާ ފޯމް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ.
22 ޖެނުއަރީ 2023
30 ޖުމާދުލްއާޚިރު 1444