ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ބަދަލު ކުރުމާއިބެހޭ

ނަންބަރ: (IUL)258/258/2023/9             

 

އިޢުލާން

ގޯތި ބަދަލު ކުރުމާއިބެހޭ.

 

            ހަނިމާދޫއިން ދިރިއުޅުމަށްޓަކައި 16 ޖަނަވަރީ 2023 ގައި ދޫކުރި ބަންޑަރަ ގޯތި ދޫކުރި އިރު ގޯތި ލިބުނު ފަރާތްތަކުން އެފަރާތަކަށް ލިބުނު ގޯތި، ގޯތި ލިބުނު އެހެންފަރާތަކާއި ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން 2023 ފެބުރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިދަންނަވާގޮތަށް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

  • ގޯތި ބަދަލު ކުރާ ދެފަރާތުގެ ސިޓީ.
  • ގޯތި ލިބުނުކަން އަންގާ ލިޔުން. (ކައުންސިލުން ދޫކޮށްފައިވާ)
  • ގޯތި ބަދަލުކުރަން ހުށަހަޅާ ދެފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖުމާދަލްއާޚިރާ 1444

22  ޖަނަވަރީ   2023

22 ޖަނަވަރީ 2023
ހޯދާ