ދިވެހިރާއްޖެ
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރިއަށްގެންދިއުމަށް މިކައުންސިލްގެ ފަރާތުން އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގް ޓްރެކް ބިމާއި، އެބިމާއި އިންވެގެންވާ މަގު ވިނަނޮޅާ، ކުނިކަހާ ސާފުކުރުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2023/4 އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ޖަނަވަރީ 24 ވަނަ ދުވަހުގެ 12.00 ގެ ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް 2023 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ފޮނުއްވަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602535 އަށް ގުޅުއްވުން އެދެމެވެ.
30 ޖުމާދަލްއާޚިރާ 1444