ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން އެރެބިކް ލެންގުއޭޖް ކޯސް

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ޑިޕްލޮމާ އިން އެރެބިކް ލެންގުއޭޖް

މުއްދަތު:2 އަހަރު (4 ސެމެސްޓަރ)

ކޯސްހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ.މާލެ – ހެނދުނު ދަންފަޅި (30 ޖާގަ)، ހަވީރު ދަންފަޅި (60 ޖާގަ)، ހދ.ކުޅުދުއްފުށި (20 ޖާގަ)، ލ.ގަން (20 ޖާގަ)، ގދ.ތިނަދޫ (20 ޖާގަ)، ސ.ހިތަދޫ- ބްލޮކް މޯޑް ހަފްތާ ބަންދުގައި (20 ޖާގަ)

 ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. ޝަހާދާ ޘާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަކޮށްފައިވުން. ނުވަތަ

ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ

ރ. ގްރޭޑް 07 ނިންމާފައިވުމާއެކު 18 އަހަރު ފުރި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

01 ޑިސެންބަރު 2014
ހޯދާ