ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ މުވައްޒަފުންގެ އަކަމަޑޭޝަން ހަމަޖެއްސުން

ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ޝަރުތު:

-         3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ސިޓިންގ ރޫމް ހިމެނޭގޮތަށް ހުރި ގެއެއްކަމުގައިވުން.

-         ޕްރޮޖެކްޓްގެ ސައިޓް ސުޕަވައިޒަރުގެ އެކަމަޑޭޝަން ހަމަޖެއްސުމަށް އިތުރު 1 ކޮޓަރި (އެޓޭޗްޑް ޓޮއިލެޓް) ކުއްޔަށް ހިފުން .

                     ވީމާ، އެމް.ޓީ.ސީ.ސީ އަށް ގެއާއި ކޮޓަރި ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން، އަގު ހުށަހަޅާ ފޯމު ފުރިހަމަކޮށް 2023 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ 13:00 ށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމު މިއިޢުލާނާއެކު އާންމުކުރީމެވެ. އަދި މީގެ އިތުރުން އަގު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. ޝަރުތުތައް ފުރިހަމަނުވިނަމަވެސް ގެކުއްޔަށް ދިނުމަށް އެދޭ ފަރާތްތަކުން ގޭގެ ފާޚާނާއާއި ކޮޓަރީގެ ޢަދަދު އަދި ބަދިގެ އާއި ކާތަނުގެ މަޢުލޫމާތު އެނގޭގޮތަށް ހުށަހަޅާ ހުށަހެޅުން ބަލައިގަންނާނެވާހަކަ ދަންނަވަމެވެ.

21 ޖަނަވަރީ 2023
ހޯދާ