ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާގެ ނަންބަރު(IUL)328-ED/32//2023/3(11 ޖަނަވަރީ 2023) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާތީ އެއިޢުލާން ބާޠިލްކޮށް
އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
މިއިޢުލާނާއި އެކު ހުށަހަޅާފައިވާ މަޢުލޫމާތާއި އެއްގޮތަށް ފާދިއްޕޮޅު ކުރެންދޫ 1 ނަންބަރު ޤަބުރުސްތާނާއި 02 ނަންބަރު ޤަބުރުސްތާނާއި، ޒިޔާރަތް ވިނަނޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
26 ޖަނަވަރީ 2023 |
ބުރާސްފަތި |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
29 ޖަނަވަރީ 2023 |
އާދިއްތަ |
13:30 |
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 23 ޖަނަވަރީ 2023ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.
ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީއެއް މެއިލްއާއިއެކު އެޓޭޗް ކުރަންވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ.
ނުވަތަ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއޮ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.