ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިނިވަން މަސައްކަތްތެރިން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ފަރާތުން ހިންގާ ބައެއް މަޝްރޫޢުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުސާރަ އާއި އެހެނިހެން އެލެވަންސް:

  • މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 100/-ރ. (ސަތޭކަ ރުފިޔާ) އާއި 250/-ރ. (ދުއިސައްތަ ފަންސާސް ރުފިޔާ) ދެމެދުގެ ދުވަހު އެލެވަންސްއެއް ލިބިދެވޭނެ
  • މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ކޮއްތުފައިސާގެ ގޮތުގައި 175/-ރ. (ސަތޭކަ ހަތްދިހަ ފަސް ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން އަދި މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭ ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

ކުންފުނީގެ ފަރާތުން ހިންގާ ބައެއް މަޝްރޫޢުތަކުގެ ކުރަންޖެހޭ ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ރާނާ ސިމެންތިޖެހުމުގެ މަސައްކަތް އަދި ޕްލަންބިން މަސައްކަތް

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

24 ޖަނަވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 24 ޖަނަވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

 ހުށަހަޅަން ޖެހޭ ލިޔުން:

  1. މިނިވަން މަސައްކަތްތެރިންގެ ވަޒީފާ އަށް އެދޭ ފޯމު  (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
  3. ފޯމު ހުށަހަޅާ ފަރާތުގެ ވަނަވަރު

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅަމުން ގެންދިއުމަށް ދަންނަވަމެވެ. އަދި ކުންފުނީގެ ޕްރޮޖެކްޓްތަކަށް މިނިވަން މަސައްކަތްތެރިން ބޭނުންވާ މިންވަރަކުން އިންޓަވިއުތައް ކުރުމަށް ފަހު މަސައްކަތްތެރިން ވަޒީފާއަށް ނަގަމުންގެންދާނެ ކަމުގައި ދެންނެވީމެވެ.

26 ޖުމާދަލްއާޙިރާ 1444

19 ޖަނަވަރީ    2023

19 ޖަނަވަރީ 2023
ހޯދާ