ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

މި އިޢުލާންވަނީ 08 ފެބުރުވަރީ 2023 12:57 ގައި ބާތިލް ކުރެވިފައެވެ.


                                                   ނަންބަރ: (IUL)258/258/2023/6      

 

އިޢުލާން

    

1444 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

 

            1444 ވަނަ އަހަރު ރަމަޟާންމަހު ހދ. ހަނިމާދޫ "މަސްޖިދު މޫސާ އަލީ) އާއި، "މަސްޖިދުއްތައުބާ" ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޡުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅާ ފަރާތެއްގެ ލެޓަރ ހެޑުގައި ސިޓީއަކާއިއެކު މި މަސައްކަތް ކޮށްދެވިދާނެ އަގު ކޯޓޭޝަން މިކައުންސިލްގެ އިދާރާއަށް އީމެއިލުން ނުވަތަ ހާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމުއްދަތުގެ ފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަދި އިތުރު މަޢުލޫމާތު ހޯދެއްވުމަށް ބޭނުން ފުޅުވާނަމަ 7440028 އާއި ގުޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަންގައި މިދަންނަވާ މައުލޫމާތު ހިމަނަންވާނެއެވެ.

ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ

  • ފުލައިޓުގެ ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެގެނައުމާއި، އެނބުރި ޤައުމަށް ދިއުމަށް ފުލައިޓުން ޚަރަދު ވާނެވަރު)
  • ޙާފިޡް ރަށާއި ހަމައަށް ގެނެސްދީ ގެންގޮސަދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
  • މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު، (މާލޭގައި މަޑުކުރަންޖެހިއްޖެނަމަ)
  • ޙާފިޡަށްދޭ އެލަވަންސް
  • ވިސާ ދެއްކުމާއި އިންޝުއަރރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރި ކަމުގެ ލިޔުން.
  • ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައިޑީކާޑު ކޮޕީ (ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ)
  • ތަޖުރިބާގެ ލިޔުމުގެ ކޮޕީ
  • އެހެނިހެން (ޙާފިޡަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުއްވުން އެދެން).
  • ނޯޓް: ޙާފިޡުން ގެނައުމުގައި ދިވެހި ޙާފިޡުން ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޖުމާދަލްއާޚިރާ 1444

19  ޖަނަވަރީ   2023

19 ޖަނަވަރީ 2023
ހޯދާ