ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓު ލީގަލް އޮފިސަރ |
ބޭނުންވާ އަދަދު: 01 |
ރޭންކް: އެލްއެސް 2 |
ކްލެސިފިކޭޝަން: އެސިސްޓެންޓު ލީގަލް އޮފިސަރ |
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް |
ޝަރުޠު:
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުން
- މަޤާމުގެ އަސާސީ މުސާރަ: -/9412 (ނުވަ ހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
- ސާރވިސް އެލަވަންސް: -/3000 (ތިން ހާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35
- މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
މަޤާމުގެ މައިގަނޑު މަސައްކަތް
- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން
- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރީމެންޓް ރަޖިސްޓްރީކުރުމަށް ހުށަހެޅޭ ފޯމްތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން
- ކޯޓަށް ހުށަހެޅޭ މައްސަލަތައް އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގުމާއި ޙަވާލުވެހުންނެވި މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ޤަޟިއްޔާ ހުށަހަޅާ ސެކްޝަންތަކާއި މައްސަލަ ޙަވާލުކުރުން
- ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން
- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށާއި މީހުން ޙާޟިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން
- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓް ކޮށް ތައްޔާރުކުރުން
- އެގްރީމެންޓް ރަޖިސްޓްރީކުރުމާބެހޭ އިދާރީ މަސައްކަތް ކުރުން
- ނިމޭ މައްސަލަތަކުގެ ފައިލްތަކުގައި މައްސަލައާއި ގުޅިގެން ހުންނަށްޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމާއި ރިޕޯޓް ތައްޔާރުކޮށް ފައިލަށް ލެވިފައިވޭތޯ ބެލުން
- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަށް
ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާއިބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް
ގެނެވޭ އިސްލާޙްތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި
މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން
- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި އަދި ރިޕޯޓް
ހޯދުމަށް އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން
- ޝަރުޢީ މަސައްކަތްކުރާ ދެ ސެކްޝަނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން
- ޤާނޫނުތަކާއި ގަވާޢިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނޭހެން ބެހެއްޓުން
- މިނޫނަސް ޝަރީޢަތާއި ބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ކުރުން
އިންޓަރވިއުކުރުން
- މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ އަދަދު 20 (ވިހި) އަށްވުރެ އިތުރުވާނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ މަޢުލޫމާތު
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިކޯޓުގެ ކައުންޓަރުން ލިބެންހުންނާނެ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް
- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް
މިމަޤާމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން މަތީގައިވާ ލިޔުންތައް 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.