މަޤާމުގެ ޝަރުޠު:
|
- މެރިޓައިމް (ނޯޓިކަލް/އިންޖިނިއަރިންގ) ގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް. ގެ ލެވެލް 6 ގެ ސަނަދެއް ލިބިފައިވުމާއެކު 5 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގައި ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފައުންޑޭޝަން ކޯސްތަކާއި ސެޓުފިކެޓު އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.
- ޓިއުޓޯރިއަލް، ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ހިންގުމާއި ވިލަރެސް ކުރުން.
- ދަރިވަރުންގެ އެސެސްމަންޓްތައް ވިލަރެސް ކުރުން.
- ދަރިވަރުންނާއި ލެކްޗަރާއިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުން.
- ކޯސްތަކަށް ބޭނުންވާ ލާރނިންގ އަދި ޓީޗިންގ އެއިޑްސް ހޯދުމަށް އެދުމާއި ބެލެހެއްޓުމަށް އެހީތެރިވުން.
- ކޯސް ކޯޑިނޭޓްކުރުން.
- މަރުކަޒު އަދި ޑިޕާޓްމަންޓްގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމެޓީތަކުގައި ބައިވެރިވުން.
- މެރިޓައިމް ރިސަރޗް މަސައްކަތްކުރުން.
- ފަންނީ ޙަރަކާތްތަކާއި ވާރކްޝޮޕްތަކުގައި ބައިވެރިވުން.
- ކޯސްތައް އިޝްތިހާރުކުރުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ފެއަރތަކުގައި ބައިވެރިވުން.
- މެރިޓައިމް އިންޑަސްޓްރީއަށް ބޭނުންވާ އައުކޯސްތައް އުފެއްދުން، މުރާޖަޢާ ކުރުން އަދި ހިންގުން.
- މަރުކަޒުގެ ޔައުމިއްޔާ ލިޔުމަށް ބޭނުންވާ އެކަޑަމިކް ސެކްޝަނާބެހޭ މަޢުލޫމާތު، ޔައުމިއްޔާ ލިޔާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ކުރިއެރުވުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑުދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
- ތަޢުލީމީ ނިޒާމުގެ ތެރެއިން ޖީލުތަކަށް މެރިޓައިމް އިންޑަސްޓްރީ ކޯސްތައް ތަޢާރަފު ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައް
|
ޔުނިވަރސިޓީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިޔުކޮށް ނިމުމަށްފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|