ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ "ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ" ފަރުމާކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް އަލުން އިޢުލާން ކުރުން

2023 އިން ފެށިގެން 2025 އަށް މި އޮތޯރިޓީގެ "ކޮމިއުނިކޭޝަންއެންޑް އެޑްވޮކަސީ ސްޓްރެޓަޖީ" ފަރުމާކުރުމަށް ކޮންސަލްޓަންސީއަށް ކުރިމަތިލުމަށް އަލުން ހުޅުވާލުން

މި އޮތޯރިޓީއިން ކުރިޔަށްގެންދާ މީޑިއާ އަދި އެޑްވޮކަސީ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް އޮތް 3 (ތިނެއް) އަހަރު ދުވަހަށް "ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ 2023 – 2025" އެއް އެކުލަވާލަދޭނެ ފަރާތެއް ހޯދުމަށް އޮތޯރިޓީގެ ފަރާތުން 04 ޖަނަވަރީ 2023 ވަނަ ދުވަހު ކުރި ނަންބަރު IUL)450-CA/450/2023/6) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތައް، މި އިޢުލާނާއި އެއްކޮށް ޝާޢިއުކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 31 ޖަނަވަރީ 2023 ވަނަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ހާޒިރުވެވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

19 ޖަނަވަރީ 2023
ހޯދާ