މަޤާމު
|
ލީގަލް އޮފިސަރ ރޭންކް: CS9-2
|
ކްލެސިފިކޭޝަން
|
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
|
ބޭނުންވާ އަދަދު: 01
|
ސެކްޝަން/ޔުނިޓް
|
ކޯޕަރޭޓް އެފެއާޒް/ އެޑްމިނިސްޓްރޭޝަން، އެޗް. އާރ އެންޑް އިންފޮމޭޝަން
|
މުސާރަ
|
މަހަކު -/10،020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/5640 ރުފިޔާ
|
އެހެނިހެން އެލަވަންސާ ޢިނާޔަތްތައް
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35
- ބަންދު ދުވަހެއްގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އަސާސީ ޝަރުޠު
|
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- އަތޮޅު ކައުންސިލުން ބަލަންޖެހޭ މައްސަލަތަކުގައި ޤާނޫނީ ލަފާދިނުމާއި އަތޮޅުކައުންސިލްގެ ފަރާތުން ކުރަންޖެހޭ ތަޙުޤީޤުތައް ކުރުމާއި، އަތޮޅުކައުންސިލްގެ ފަރާތުން ކުރަންޖެހޭ ދަޢުވާ ކުރުމާއި، ދަޢުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކޯޓަށް ހާޒިރުވާންޖެހޭ މައްސަލަތަކުގައި ކޯޓަށް ހާޒިރުވުން.
- ދިވެހި ސިވިލްސަރވިސްގެ ގަވާއިދާ ކޯޑް އޮފް ކޮންޑަކްޓާއި އަދި އެނޫންވެސް ޤާނޫނެއް ނުވަތަ ގަވާއިދަކާ ބެހޭގޮތުން ފާދިއްޕޮޅު އަތޮޅުކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
- އަތޮޅު ކައުންސިލަށާއި ރަށު ކައުންސިލްތަކަށް ޤާނޫނީ ލަފާދިނުން.
- މިއަތޮޅުގެ ރަށު ކައުންސިލްތަކުގެ މައްޗަށް ކުރެވޭ ރަށު ކައުންސިލްތަކުން ކުރާ ދަޢުވާތަކާ ގުޅިގެން ކޯޓަށް ހާޒިރުވުމާއި، ރަށު ކައުންސިލްތަކުން ބޭނުންވެއްޖެ ހިނދެއްގައި ޤާނޫނީ ލަފާދިނުން.
- އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ އިދާރާގެ މުވައްޒަފުން ޤާނޫނަށް، އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
- އަލަށް ގެޒެޓްކުރެވޭ ޤާނޫނުތަކަށާއި ފާސްކޮށްފައިވާ ޤާނޫނުތަކަށް، ގެނެވޭ އިޞްލާޙުތަކަށް މުވައްޒަފުން ހޭލުންތެރި ކުރުވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
14 ޑިސެންބަރު 2014 (އާދީއްތަ) ދުވަހުގެ 15:00 ގެ ކުރިން ފާދިއްޕޮޅު އަތޮޅުކައުންސިލުގެ އިދާރާއަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފާދިއްޕޮޅު އަތޮޅު ކައުންސިލުގެ އިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓު www.csc.gov.,mv އިން ލިބެން ހުންނާނެއެވެ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލްސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
- އެޕްލައިކުރައްވާ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާނަމަ ނުވަތަ މީގެ ކުރިން އެފަދަ ވަޒީފާއެއްގައި /ވަޒީފާތަކުގައި މަސައްކަތް ކުރައްވާފައިވާނަމަ އެވަޒީފާގައި /ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތް/މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު އީމެއިލް އެޑްރެހާއެކު)
- ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލްސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.
|
ވަޒީފާއަށް ޤާބިލު މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް
|
- ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން
- ގިނަ ވަގުތު މަސައްކަތުގައި އުޅޭ ފަރާތަކަށްވުން
|
އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން
|
- އިޢުލާނުގެ މުއްދަތު ހަމަވާތާ 14 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.
- އިންޓަރވިއު އޮންނާނީ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި
|
ނޯޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 ނުވަތަ 6620261 އާ ގުޅުއްވުން
ފެކްސް ނަންބަރު 6620043
|