ދިވެހިރާއްޖެ
ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއާއި ފުވައްމުލަކު އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މަޤާމު |
ސެކިއުރިޓީ އޮފިސަރ (ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު |
02 |
މުސާރަ އާއި އެލަވަންސް |
މަހަކު -/4000 ރުފިޔާ ( ހަތަރުހާސް ރުފިޔާ) |
ޝަރުޠު |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޢުމުރުން 65 އަހަރުން މަތީގެ މީހަކު ކަމުގައި ނުވުން. |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
ޢިނާޔަތްތައް |
މި މަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑިއާއި ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް |
- ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތު ލިބިފައިވުން. - މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން - މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން. |
ހުށަހަޅަންޖެހޭ ތަކެތި |
މަޤާމަށް އެދި ހުށަހަޅާ ސިޓީއާއެކު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ ތަޖުރިބާގެ ލިއުމުގެ ކޮޕީ |
ސިޓީ ފޮނުވަންވީ ތާރީޚު |
16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 15:00 ގެ ކުރިން އަތޮޅު ކައުންސިލުގެ އިދާރާއަށް. |
16 ޞަފަރު 1436