ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
6 ( ހައެއް ) މާކަރީ ލައިޓް ގަންނަން ބޭނުން ވެއެވެ.

އިޢުލާން

6 ( ހައެއް ) މާކަރީ ލައިޓް ގަތުމަށް ވަނީ ބޭނުން ވެފައެވެ.

ވީމާ، އެ 6 މާކަރީލައިޓް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭގޮތަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަނީ ކުންފުނި ޖަމްޢިއްޔާ ޖަމާޢަތްފަދަ ތަނަކުންނަމަ، އެތަނަކުން ފޮނުއްވި މީހެއްކަން އެނގޭގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ލައިޓް ވިއްކުމުގެ އަންދާސީހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

10 ޞަފަރު 1436

02 ޑިސެންބަރު 2014
ހޯދާ