ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ

ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަތުމާބެހޭގޮތުން ކުރެވުނު މި އިދާރާގެ ނަންބަރ (IUL)269/2014/96 (27 ނޮވެންބަރު 2014)ގެ އިޢުލާނުގައިވާ ބައެއް މައްސަލަ ހުރުމާއެކު އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އެތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

Qty

Description

LOT

1

Signature Pad           

1.a

LOT1

1

Fingerprint Capture Device

1.b

1

Scanner

1.c

1

Desktop Computer System

2.a

LOT2

1

Digital Camera with Tripod

3.a

LOT3

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބޭނުންފުޅުވާ ލޮޓަކަށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ. އަދި އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.

އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާކުސް ދެވޭނެ ގޮތުގެ ތަފުޞީލު ތިރީގައިމިވަނީ:

ފޯމިއުލާ

ތަފުސީލު

މާކުސް ދެވޭ ގޮތް

މާކުސްދެވޭ ކްރައިޓީރިއާ

Benchmark Price /( Submitted Price) x Allocated Percentage

v ޚިދުމަތުގެ އަގަށްދޭ މާކުސް

v މާކުސް ދެވޭނީ މި އިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

85%

އަގު

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

v ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް ދޭ މާކުސް

v މާކުސް ދެވޭނީ މި އިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތަކަށް

10%

ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު

( Submitted warranty period / Benchmark  warranty period  ) x Allocated Percentage

v ވޮރަންޓީ މުއްދަތު

v މާކުސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ދިގު ވޮރަންޓީ މުއްދަތު ހުށަހަޅާ ފަރާތް ބެންޗުމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

v މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށަހަޅާ ފަރާތަކަށް

5%

ވޮރަންޓީ

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 9 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް އެ އޮތޯރިޓީއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އިދާރާގެ ނަންބަރު 6520046 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވަހަކަ ދަންނަވަމެވެ.

10 ޞަފަރު 1436ހ.

02 ޑިސެންބަރު 2014
ހޯދާ