ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އީ. އެކްސް 1، ޑިރެކްޓަރ
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/8,835 ރުފިޔާ
-/2,000 ރުފިޔާ
މުސާރައިގެ %35
ނުރަސްމީގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން
|
ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ތިމާވެށްޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށްޓާ ގުޅުން ހުރި ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށްޓާ ގުޅުން ހުރި ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށްޓާ ގުޅުން ހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތިމާވެށްޓާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ފެނާއި ނަރުދަމާ ނިޒާމުގެ ޕްލޭންތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިދީފިނަމަ ސެކްޝަނާ ހަވާލުވެ މަސައްކަތް ކުރުން.
- ފެނާއި ނަރުދަމާގެ ގުޅުންހުރި އެންމެހާ ޕޮލިސީތައް ރޭވުމުގައި ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުމާއެކު، ޢަމަލީގޮތުން ބައިވެރިވާންޖެހޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.
- ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ތަރައްޤީ ކުރުމަށް ބޭނުންވާ ބޭރުގެ ލޯނު އެހީއާއި އެހެނިހެން ޖަމާޢަތްތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް ބޭނުންވާ ޕްލޭންތަން ރާވައި އެފަދަ އެހީތައް ލިބޭނެ މަގުތައް ތަނަވަސް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ސެކްޝަނުން ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް އެމަޢުލޫމާތު ލުއިފަސޭހަ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، އެކިފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެކު ފޯރުކޮށްދިނުން
- ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާބެހޭ ސެމިނަރ އަދި ޖަލްސާފަދަ ކަންކަމުގައި ބައިވެރިވުން
- ސެކްޝަނުން ކުރިއަށްގެންދާ މަސައްކަތާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާއި ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން.
- ސެކްޝަންގެ މުވައްޒަފުންނާއި ބޭރުގެ ކޮންސަލްޓެންޓުންނަށް ބޭނުންވާ މަސައްކަތުގެ މާހައުލު ތަނަވަސްކޮށްދީ މަސައްކަތް ކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުން
- އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ސެކުޝަނުގެ އިސްވެ ހުންނެވި ބޭފުޅަކު މަސައްކަތް ކުރައްވަމުންދާހިނދު އެފަރާތަކަށް ބޭނުންވާ އެހީތެރިކަމަކަށް އެދިއްޖެ ހިނދެއްގައި އެހީތެރިކަން ދެއްވުމާއި، ބަޖެޓާއި އަހަރީ ރިޕޯޓް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވުން
- ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސްޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި، މުވައްޒަފުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހި ކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތިމާވެށްޓާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
- އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ލިބިފައިވާ ތަޖުރިބާ.
- ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
- ތިމާވެށްޓާ ގުޅުން ހުރި ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 16 ޑިސެންބަރު 2014 އާއި 31 ޖަނަވަރީ 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
12 ޞަފަރު 1436
|