ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އިސްދޫ ހަވިއްތަ ސަރަހައްދުގައި ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ލ.އިސްދޫ ހަވިއްތަ ސަރަހައްދުގައި ޢިމާރާތެއްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިކައުންސިލްގެ ނަންބަރ  (IUL)395/395/2023/6 (09 ޖަނަވަރީ 2023) އިޢުލާންނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު، އެކަމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.                 

       ލ.އިސްދޫ ހަވިއްތަ ސަރަހައްދުގައި ޢިމާރާތެއްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

        ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

17 ޖަނަވަރީ 2023
ހޯދާ