ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޑިޕާޓްމަންޓް: ކޯޕަރޭޓް އެފެއާޒް، އެޑްމިނިސްޓްރޭޝަން އެންޑް އައި.ސީ.ޓީ

ޝެކްޝަން: ކޯޕަރޭޓް އެފެއާޒް، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސް

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނުން ފޮނުވާ ލިޔެކިޔުންތައް ޑިސްޕެޗްކުރުމުގެ މަސައްކަތްތައް ރޭވުމާއި، އަދި އެމަސައްކަތް ޑިސްޕެޗް އޮފިސަރުންނާ ހަވާލުކޮށް، މަސައްކަތް ހިނގަމުންދާގޮތް ހަރުދަނާގޮތެއްގައި ބެލެހެއްޓުން.

- ކޯޕަރޭޝަންގެ ލިޔެކިޔުންތައް އާރކައިވްކުރުމާއި ފައިލްކޮށް ބެލެހެއްޓުން.

- ރިސެޕްޝަން ބެލެހެއްޓުމާއި، ފޯނުކޯލުތަކަށް ޖަވާބުދާރީވުން.

- ފެޓީކޭސް ޚަރަދުވިގޮތުގެ ރިޕޯޓް ތައްޔާރުކޮށް ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން.

- ޑިޕާޓްމަންޓުގެ އޯވަރޓައިމް ޝީޓު ތައްޔާރުކުރުމާއި، ހުރިހާ މުވައްޒަފުންގެ އޯވަރޓައިމް ޝީޓްތައް ޗެކްކޮށް ބެލެހެއްޓުން.

- އޮފީސް ފޮޅައި ސާފުކުރުން. މަސައްކަތް ހިނގަމުންދާގޮތް ސުޕަވައިޒްކުރުމާއި އަދި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ދިނުން.

- އޮފީސް ހުޅުވައި ލެއްޕުމުގެ ތާވަލު ތައްޔާރުކުރުން

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- އެކަށީގެންވާ ކަސްޓަމަރ ސާރވިސަސް ސްކިލްސް ހުރުން

- އެކަށީގެންވާ ބަޖެޓް މެނޭޖްމަންޓް އަދި ކަލްކިއުލޭޝަންގެ ހުނަރު ހުރުން.

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން

މުސާރަ: -/5000ރ (އެލަވަންސްތަކާއެކު މަދުވެގެން -/9510ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 9 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                             ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                                                            ފޯނު: 3353535   

ފެކްސް : 3335892                                                                        ފެކްސް : 3358892

04 ޑިސެންބަރު 2014
ހޯދާ