ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކާރޕެންޓަރ

މަޤާމު: ކާރޕެންޓަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަރޓީ މެއިންޓެނަންސް

ޝެކްޝަން: ބިލްޑިންގ މެއިންޓެނަންސް އެންޑް މޮނިޓަރރިންގ

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- ގްރޭޑް 8 ގެ ފެންވަރު ނުވަތަ އަސާސީ ތަޢުލީމު / ލިޔަންކިޔަން އެނގުން. ނުވަތަ،

- ކާޕެންޓްރީ / ވަޑާމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިކޯޕަރޭޝަންގެ ބިލްޑިންގ މެއިންޓެނަންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން. ޚާއްޞަކޮށް މަރާމާތުގައި އެކުލެވޭ ވަޑާމުގެ މަސައްކަތްތައް ކުރުން.

- ވަޑާންކުރުމަށް ބޭނުންވާނެ އާލާތްތައް ހަމައަށް ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.

- އިމާރާތްތަކާއި ޕްލެޓްތަކުގެ މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް މިކޯޕަރޭޝަނުން ވެފައި އޮންނަ އެއްބަސްވުމުގައިވާ ފަދައިން ރިޕޯޓްކުރެވޭ މެއިންޓެނަންސް މައްސަލަތައް ވެރިންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުން.

- މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓެނަންސް ޓީމު އަދި ސުޕަވައިޒަރަށް އެއްބާރުލުންދީ އެހީތެރިވެދިނުން.

- މެއިންޓެނަންސް އަށް ބޭނުންވާ އާލާތްތައް އެއްތަނުން އަނެއްތަނަށް އުފުލުން.

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ރަނގަޅު ޞިއްޙަތެއްގައި ހުރި ފަރާތަކަށްވުން

- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: -/4940ރ (އެލަވަންސްތަކާއެކު މަދުވެގެން -/9450ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 9 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                             ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                                                            ފޯނު: 3353535   

ފެކްސް : 3335892                                                                        ފެކްސް : 3358892

04 ޑިސެންބަރު 2014
ހޯދާ