|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް (އެއް އަހަރު)
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އިދާރާ/ (ގަލޮޅު ދަނޑު އެކަމަޑޭޝަން ބްލޮކް، މާލެ)
|
|
މުސާރަ:
|
7000ރ
|
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓި އެލަވަންސްގެ ގޮތުގައި މުސާރައިގެ ޕްރިޖެކްޓްތަކުގައި މަސައްކަތް ކުރާނަމަ އެ ޕްރޮޖެކްތަކުން ކަނޑައެޅިފައިވާ އުޞޫލުން އިތުރު ފައިސާ ލިބޭނެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ރަސްމީ މަސައްކަތާއި، ނުރަސްމީ މަސައްކަތްތަކުގައި ރޭވިފައިވާ އުސޫލާއި އެއްގޮތަށް އޮފީސް ހުޅުވާ، ލެއްޕުން.
- މުވައްޒަފުންނާއި ގުޅޭ މަސައްކަތްތައް ކުރުން.
- އިންވެންޓްރީ އާއި ސްޓޮކް ބެލެހެއްޓުން.
- އަހަރީ ރިޕޯޓުތައްޔާރުކުރުން.
- އަރުޝީފުގެ އެންމެހާ މަސައްކަތް ކުރުން.
- ޕްރޮޖެކްޓްތަކުގެ އެޑްމިންނާބެހޭ އެންމެހާ ކަންކަން ކުރުން.
- މީގެ އިތުރުންވެސް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙަނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެންކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
- 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި (މިގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެ) ތަކެތި ހުށަހަޅާނީ 26 ޖަނަވަރީ 2023ވާ ހޯމަ ދުވަހުގެ13:00 ގެ ކުރިން، އެސް-އޯ މޯލްޑިވްސްގެ އޮފީހަށް ނުވަތަ އީ-މެއިލް [email protected] މެދުވެރިކޮށެވެ.
|
|
އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 28 ޖަނަވަރީ 2023 އާއި 31 ޖަނަވަރީ 2023 އާ ދެމެދު، އެސް-އޯ މޯލްޑިވްސް އޮފީހުގައެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7939944 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
|