ދިވެހިރާއްޖެ
މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އެފެއާޒް އިން އިންތިޒާމް ކުރައްވައިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ން 22 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުހީގައި ދެންނެވިފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.
އެގޮތުން މިފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްގައި ހިމެނޭނީ 12 މެމްބަރުންނެވެ. މިގްރޫޕްގެ ކެއުމާއި ހުރުން އަދި އެތެރޭގެ ދަތުރު ފަތުރު ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރ ފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އާއި ޕީ.ސީ.އާރް ފަދަ އެހެނިހެން ޚަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.
ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 20 ޖެނުއަރީ 2023 ގެ ކުރިން އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލްސް[email protected] އަދި [email protected] އަށް މެއިލް ކުރައްވާ [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިއިޢުލާންއާއިއެކު ހިމަނާލެވިފައިވާނެއެވެ. އަދި މީގެ އިތުރުން މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އިން ވެސް ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު 3313456 އަށް ގުޅުއްވުން އެދެމެވެ.