މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީ އޯޕެން ކާގޯ އަދި ޓްރާންސިޓް ކަވަރގެ ޚިދުމަތް ހޯދުމަށް

އެމްޓީސީސީގެ އޯޕެން ކާގޯ އަދި ޓްރާންސިޓް ކަވަރ ގެ ޚިދުމަތް ދެ އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް  ކުރެވުނު އިޢުލާން ނަންބަރ (MTCC-PD/IU/2022/0387 10 އޮކްޓޯބަރ 2022) އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

24 ޖެނުއަރީ 2023

އަންގާރަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

31 ޖެނުއަރީ 2023

އަންގާރަ

10:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

18 ޖަނަވަރީ 2023
ހޯދާ