ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނުން ބޭނުންވެއްޖެ

އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓަށް އީ-ސަރވިސް ސަޕޯޓް ޓެކްނީޝަނުން މީހުން ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ރޯލްއައުޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

06 (ހައެއް)

މަސައްކަތުގެ މުއްދަތު:

6 މަސްދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 މެންދުރުފަހުގެ 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ -/4,465 ރުފިޔާ

ސަރވިސް އެލަވަންސް 3,062/75 ރުފިޔާ

ފެންވަރު/ޝަރުޠު

ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތަޢުލީމު ލިބިފައިވުން

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު، އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އީ-ގަވަރމަންޓުގެ ޚިދުމަތްތައް ސަރުކާރުގެ އިދާރާތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. އީ-ގަވަރމަންޓް ނިޒާމުގެ މަސައްކަތް އެންމެ ފުރިހަމަކޮށް، އަދި ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް މިއޮފީހުގެ ހެލްޕްޑެސްކުން ބޭނުންވާ އެހީ ފޯރުކޮށްދިނުން
  3. އީ-ގަވަރމަންޓުގެ ޚިދުމަތްތަކަށް އަހުލުވެރިކުރުމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް، އެފް.އޭ.ކިއު، ޔޫސަރ މެނުއަލް އަދި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުމާއި ތަމްރީނު ދިނުން.
  4. އީ-ގަވަރމަންޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން.
  5. ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކަށް އީ-ގަވަރމަންޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރަށްރަށަށް ދިއުމަށް ދަތުރު ހަމަޖެއްސުމާއި، އެރަށްރަށަށް ދަތުރުކޮށް، އީ-ގަވަރމަންޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  6. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

09 ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ