ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެޗް.އާރ ކޮންސަލްޓެންޓެއް ބޭނުންވެއްޖެ

އެޗް.އާރ ކޮންސަލްޓެންޓެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ހިއުމަން ކެޕިޓަލް ތަރައްޤީކޮށް ކުރިއެރުވުމަށް، މެނޭޖްމަންޓަށް ލަފާދީ، މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:

01 (އެކެއް)

މަސައްކަތުގެ މުއްދަތު:

01 (އެކެއް) އަހަރު

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހުގެ 15:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 17:00 ވަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/20،000 ރުފިޔާ

ފެންވަރު/ޝަރުޠު

ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު، އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އެން.ސީ.އައި.ޓީ. ގެ ދިގު މުއްދަތުގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގައި އިސްވެރިންނަށް ލަފާދިނުން
  2. އެން.ސީ.އައި.ޓީ. ގެ މުވައްޒަފުންނާ ގުޅިގެން ހުރި ކަންތައްތަކުގެ އޯޑިޓެއް ހެދުމަށްފަހު، އެން.ސީ.އައި.ޓީ. ގެ އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އިސްވެރިންގެ ލަފާފުޅުގެ މަތިން އައު ސްޓްރަކްޗަރ އެކުލަވާލުމަށް މަސައްކަތްކުރުން
  3. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން  
  4. ހިއުމަން ރިސޯސް ޕޮލިސީތަކާއި، ޕްރޮސީޖަރތައް އިސްވެރިންގެ ލަފަޔާ އެއްގޮތަށް އެކުލަވާލުން
  5. ހަރުދަނާކަމާއެކު މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި، އެޗް.އާރ ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުން. އަދި އެޗް.އާރ ޔުނިޓުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އޮމާންކަމާއެކު ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:  މި މަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 (960) މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

09 ޞަފަރު 1436

01 ޑިސެންބަރު 2014
ހޯދާ