ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ ބޭނުމަށް 17 މަސްދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމުގެ ބީލަމުގެ ދައުވަތު

މި ހޮސްޕިޓަލުގެ ބޭނުމަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ކުރެވުނު  ނަންބަރ ( (I)(I)AP/P/2022/85 28 ޑިސެމްބަރ 2022 ) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އިޢުލާން

ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

މި ހޮސްޕިޓަލުގެ ބޭނުމަށް 17 މަސްދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލުގެ މީޓިންގ ރޫމަށް

ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 29 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގެނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން

ފަރާތްތަކުން އަންދާސީ ހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއިއެކު ފޮނުއްވެވުން އެދެމެވެ.

އަދި ގަޑިޖެހިގެން ހާޟިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

             25 ޖުމާދިންއާޚިރާ  1444  ހ. 

             17 ޖަނަވަރީ    2023  މ..

 

17 ޖަނަވަރީ 2023
ހޯދާ