ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ
ލ. އިސްދޫ / ރެޒީމާހައުސް، އަޙްމަދު ޙަނީފް އަށް ލިބިފައިވާ ގޯތީގައިވާ ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށްޓަކައި، ރުއްގަހުގެ ވެރިން ހޯދުމަށް އެ ރުއްގަހުގައިވާނީ ކަޅުކުލައިގެ ދަވާދުން، 01 އިން 09 އަށް (ހިސާބު އަކުރުން)، ނަމްބަރު ޖަހައިފައެވެ.
ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓުކުރުމަށްފަހު 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ހުށަހަޅާ ރުއްގަހުގެ ސިޓީތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.
16 ޖަނަވަރީ 2023
ހޯދާ