ދިވެހިރާއްޖެ
1444ވަނަ އަހަރުގެ ރަމަޟާންމަހު އަނގޮޅިތީމު މަސްޖިދުލްނޫރު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެއުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން އަގު ބަޔާން ކޮށް ކޯޓޭޝަން މިއިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޙާފިޡު ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
- ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
- ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
- ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެނެސްދިނުން.
- ޙާފިޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
- ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެންގޮސް އޭނާގެ ޤައުމަށް ފޮނުވާލުން
- ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.
މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ނަންބަރު: (IUL)142-B1/142/2022/261 (26 ޑިސެންބަރ 2022) އިޢުލާންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން އެދެމެވެ.